ކ. ދިއްފުށީގައި ކުޅެމުންދާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގައި ކިކިން ކުއީންސް ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ވައިޕާސްގެ އަތްދަށު ވެއްޖެ އެވެ.

ވިކްޓަރީ ވައިޕާސް ގެ އައިޝަތު ލައިބާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މި މެޗުގެ މޮޅާއެކު ވިކްޓަރީ ވައިޕާސް އިން ވަނީ ވާނުވާ ކުއީންސް އާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗުގައި ވާދަކުރާނީ ކޮން ދެޓީމެއްކަން ޔަގީންވާނީ މިރޭ ކުޅެން ތާވަލު ކޮށްފައިވާ ވާނުވާ ކުއީންސް – ކިކިން ކުއީންސް މެޗުގެ ނަތީޖާއިން ނެވެ.

ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުން ސަތޯރާގެ މައްޗަށް ސެވަން ސްޓާއިން ކުރި ހޯދައި ސެމީފައިނަލަށް ދަތުރު ކުރީ ގުރޫޕުގެ އެއްވަނަ ހޯދައިގެން ނެވެ.

ސަތޯރާ މި މެޗުން ބަލިވި ކަމުގައިވިއަސް، އެއިޓް-ޓު-ނައިންގެ މައްޗަށް ކުރިހޯދައިގެން ލިބިފައިވާ ތިން ޕޮއިންޓުން ސެމީފައިނަލުގެ ދެވަނަ ޖާގަ ވަނީ ސަތޯރާއަށް ޔަގީންވެފަ އެވެ.

ރޭގެ އެންމެ ފަހުމެޗުގައި ކުޅުނީ ވާނުވާ ޖޫނިއާސް އާއި އެމީހުންގެ ބޮޑު ކުލަބު ވާނުވާ އެފް ޓީ އެވެ. އަށާރަ ގޯލު ފެނިގެން ދިޔަ މި މެޗުން ލިބުނު މޮޅާ އެކު ވާނުވާ އެފް ޓީ ވަނީ ގުރޫޕު ސްޓޭޖު ނިންމާލީ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި ހުކުރު ވިލޭރޭގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާ ކިކިން ކުއީންސް އާއި ވާނުވާ ކުއީންސް މެޗުގެ ނަތީޖާއިން އަންހެން ޑިވިޝަންގެ ފައިނަލުގައި ބައްދަލު ކުރާ ޓީމުތައް ޔަގީން ވާނެ އެވެ.

ފިރިހެން ސެމީފައިނަލު ދެމެޗުވެސް ކުޅޭނީ މިރޭ އެވެ:

ވާނުވާ އެފް.ޓީ – ކުރާނީ ސަތޯރާ

ސްޓެލްކޯ – ސެވަން ސްޓާ

Leave a Comment