ގައުމީ ފެންވަރުގައި އެންމެ ޑިމާންޑު ބޮޑު އެއް ކުޅިވަރަކީ ފުޓްސަލް އެވެ. އެގޮތުން ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެންމެ ގިނަ ކުޅުންތެރިންނާ އެކު ގައުމީ ފެންވަރެއްގައި އެންމެ ގިނަ ރަށްތައް ތަމްސީލުކުރާ ކުޅިވަރު މުބާރާތެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތައްޓަކީ ހުރިހާ ފުޓްސަލް ކުޅުންތެރިންގެ މެދުގައި ވެސް އެންމެ ޝަރަފްވެރި ތައްޓަށް ވަނީ ވެފަ އެވެ.
މި އަހަރު 129 ރަށާއެކު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަނަކީ ބ. އޭދަފުއްޓެވެ.
އެގޮތުން މުބާރާތުގެ ގަދަ 16 ގައި ހިމެނުނު ޓީމުތަކާއި ކުޅުންތެރިންގެ ވާހަކަ ގެނެސްދިނުމުގެ ގޮތުން ސިޑިބަރިން މިވަނީ “ދި ސޯލް” ގެ ނަމުގައި ކުރު ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް, މިރޭ ރިލީޒް ކޮށްފަ އެވެ.
މިއީ ކުޅިވަރު ކުޅުންތެރިންގެ ބުރަ މަސައްކަތްތަކާއި ގުރުބާނީތައް ސަޕޯޓަރުންނާ ހަމައަށް ތިލަކޮށްދީ, ކުޅިވަރު އިންޑަސްޓްރީގައި ސްޓޭންޑާޑެއް ގާއިމް ކުރުމުގެ މަގްސަދުގައި ސިޑިބަރި ޓީމުން ކޮށްފައިވާ މަސައްކަތެކެވެ.
ސިޑިބަރީގެ ޔޫޓިއުބް ޗެނަލް އިން މި ޑޮކިއުމެންޓްރީ އެންމެންނަށް ވެސް ބަލާލެވޭނެ އެވެ.