ޒުވަާން ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ، 200 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް އަނެއްކާވެސް އާ ކޮށްފި އެވެ.

ޖެމެއިކާގައި ތަމްރީނު ކުރަމުންދާ ރޫޔާ މި ރިކޯޑު އާ ކުރީ ޖެމެއިކާގައި ކުރިޔަށްދާ ވެލޯސިޓީ ފެސްޓް ގެ 200 މީޓަރު ރޭހުގައި 25.11 ސިކުންތުން ދުވެގެންނެވެ. 

ރޫޔާ 200 މީޓަރުގެ ޖޫނިއާ ރެކޯޑު އާ ކުރި އިރު، މި ރެކޯޑު ކުރިންވެސް އޮތީ ރޫޔާ އަތުގަ އެވެ. ރޫޔާ ރެކޯޑު އާ ކުރީ 48 މިލި ސިކުންތު ބާރަށް ދުވެގެންނެވެ. ކުރިން 200 މީޓަރު ރެކޯޑު ރޫޔާ ހެދީ 25.59 ސިކުންތުންނެވެ. ވެލޯސިޓީ ފެސްޓްގައި ރާއްޖޭގެ އެހެން އެތްލީޓުންވެސް ވަނީ ބައިވެރިވެ ކުރިއެރުން ހޯދައިފަ އެވެ.

ރޫޔާ ވަނީ އެންމެ ފަހުން އޮތް އިންޑިއަން އޯޝެން އައިލެންޑް ގޭމްސް ގައި 4 ގުނަ 100 މީޓަރު ރިލޭގައި އަންހެން ޓީމާއި އެކު ބްރޯންޒް މެޑަލެ ވެސް ހޯދައިފަ އެވެ. އަދި ޖޫނިއާ 200 މީޓަރު ރިކޯޑުގެ އިތުރުން 100 މީޓަރު ޖޫނިއާ ރިކޯޑުވެސް އޮންނަނީ ރޫޔާ އަތުގަ އެވެ. 

މީގެ އަހަރެއްހާ ދުވަސް ކުރިން ބީއެމްއެލް އިން ދިން ސްކޯލާޝިޕް އެއްގައި ޖެމެއިކާގައި ތަމްރީނު ކުރަމުންދާ ރޫޔާ އަކީ ރާއްޖޭގެ އެންމެ އުންމީދީ އެއް ޖޫނިއާ އެތުލީޓެވެ. 



Leave a Comment