ފުޓުބޯޅަ ސީޒަން ފެށެން މަހެއްހާ ދުވަހަށް ގާތްވެފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ކުޅެން ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުގެ ފަރިތަކުެރުންތަށް ރަސްމީކޮށް ފަށައިފި އެވެ.
2023 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގައި އެޓީމުން ބައިވެރިވީ ‘މަސް އޮޑި ސްޕޯޓްސް ކްލަބު” ގެ ނަމުގައެވެ. ޗެމްޕިއަނުންގެ ގޮތުގައި އެ މުބާރާތް ނިންމާލުމަށްފަހު ރީބްރޭންޑު ކޮށް، ޓީމުގެ ނަން ވަނީ އޮޑި ސްޕޯޓްސް ކުލަބަށް ބަދަލުކޮށްފައެވެ.
މަސްއޮޑި ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދައިފި
ގާތްގަނޑަކަށް 13 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އޮޑި ސްޕޯޓްސް މިހާރު ތައްޔާރުވަމުން ދަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފްތާތެރޭގައި ފަށަން ހަމަ ޖެހިފައިވާ ދިވެހި ޕްރިމިއާ ލީގު ކުޅުމަށެވެ.
މާފަންނު ޓާފު 2 ނަމްބަރު ދަނޑުގައި ރޭ ފަށާފައިވާ ފަރިތަކުރުން ތަކުގައި އަލަށް ޓީމާ ގުޅުނު ކުޅުންތެރިންވެސް ވަނީ ބައިވެރި ވެފައެވެ. ފާހަގަ ކޮށްލެވޭ އާ މޫނުތަކުގެ ތެރޭގައި މާޒިޔާ ދޫކޮށް އޮޑި އާ ގުޅިފައިވާ ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެން ނިހާން، އިބްރާހީމް އިމްރާން (ޑިމްޕީ)، އަހުމަދު އައިހަމް (އައިހު) އަދި އަހުމަދު ނޫމާން (ހެލްމެޓު) ހިމެނެ އެވެ.
2024 ވަނަ އަހަރުގައި ބާއްވާފައިނުވާ ޕްރިމިއާ ލީގު މިފަހަރު ފަށާނީ އޮޑި އަދި ވިކްޓަރީ ސްޕޯޓްސް ކްލަބު ހިމެނޭ ގޮތަށް 10 ޓީމާ އެކު އެވެ.