ރާއްޖޭގެ އަންހެން އަދި ފިރިހެން ސާފިންގް ޓީމު 2026 ގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައި ވެއްޖެ އެވެ. މިހާރު ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިންގް މުބާރާތުގައި ރާއްޖޭގެ ދެ ޓީމުން ވަނީ ސައުތް އޭޝިޔާއިން އިތުރަށް ބައިވެރިވި ދެ ގައުމު ކަމުގައިވާ އިންޑިއާ އަދި ލަންކާ ޓީމަށްވުރެ މަތިން ޕޮއިންޓް ސްކޯ ކޮށް 2026 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސް ގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

ހޫބްސް އޭޝިއަން ސާރފިން ޗެމްޕިއަންޝިޕް 2024 ގައި

ފިރިހެން ޓީމުން ޖާގަ ކަށަވަރު ކުރީ މެންސް އޯޕެންގެ ކުއާޓަރ ފައިނަލްގަައި އިންޑިއާ އެތްލީޓަށްވުރެ މަތީ ސްކޯ އެއް ހޯދުމުންނެވެ. ރާއްޖޭގެ ހޫދު އަހުމަދު ވަނީ ކުއާޓާ ފައިނަލްގެ ހީޓް އެކެއްގައި ދެ ރާޅުން 9.10 ގެ ސްކޯއެއް ހޯދާފަ އެވެ. ޖެހިގެން އައި ހީޓުގައި އިންޑިއާގެ ހަރިޝް މުއްތު އަށް ދެ ރާޅުން ލިބުނީ 6.76 ގެ ސްކޯއެކެވެ. ހޫބްސް ހީޓުގެ 3 ވަނަ އަށް ގޮސް މުބާރާތުން ވަކިވި ނަމަވެސް, އޭޝިއަން ގޭމްސްެގެ ޖާގަ ރާއްޖެއަށް ވަނީ ކަށަވަރުވެފަ އެވެ.

އަންހެން ރައުންޑް 3 ގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ ދެ ރާޅުން ޖުމްލަ 4.20 ގެ ސްކޯއެއް ހޯދާފަ އެވެ. ރައުންޑް 3 ގެ ފަހު ހީޓުގައި އިންޑިއާގެ ކަމާލީ ޕްރަކާޝް އަށް ލިބިފައިވަނީ 3.87 އެވެ. 

މި ނަތީޖާތަކާއި އެކު ރާއްޖޭގެ ދެ ޓީމު އޭޝިއަން ގޭމްސަށް ވަނީ ކޮލިފައިވެފަ އެވެ.

Leave a Comment