ރޭސިން އެސޯސިއޭޝަން (އާރްއޭއެމް) އިން ހދ. މަކުނުދޫގައި ބޭއްވި ހިކިފަސް ޕްރޯ 2024 ގެ ޗެމްޕިއަންކަން، ޓީމް ސެވޭޖް ރޭސިންގެ އަލީ އަޝްފާގު ހޯދައިފި އެވެ.
ކޮންމެ އަހަރަކު އާރްއޭއެމް އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ރޭސިން މުބާރާތްތަކުގެ ތެރެއިން މި އަހަރު މަކުނުދޫގައި ބޭއްވި މި މުބާރާތް އަޝްފާގް ކާމިޔާބު ކުރީ 03;3 ސިކުންތުން ރޭސް ނިންމައިގެނެވެ. ދެވަނަ އަށް ރޭސް ނިންމި އަމީޒް ރޭސް ނިންމައިފަިއިވަނީ 04;3 ސިކުންތުނެވެ.
މިދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރީ އަމީޒް އެވެ. މިއީ އަޝްފާގް މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
އާރްއޭއެމް އިން ފާއިތުވި ތިން އަހަރު ސިލްސިލާކޮށް ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު 20 ރޭސަރުން ބައިވެރިިވި އެވެ.
ފަސް މަޑު ބިމެއްގައި ‘ސާކިޓް’ ފޯމެޓަށް ބާއްވާ މި މުބާރާތަކީ އާރްއޭއެމް އިން މި އަހަރު ބޭއްވި ތިން ވަނަ މުބާރާތެވެ. މި އަހަރުގެ އެންމެ ފަހު މުބާރާތްކަމުގައިވާ ރާސް މާލެ އެޑިޝަން އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.