ފެންޓަސީ ޕްރިމިއާ ލީގް 2024/2025 ސީޒަނަށް ފެށިއްޖެ އެވެ.

ގޭމް ވީކް 1 ގެ ސުންގަޑިއަކީ މިރޭ 10:30 އެވެ.

ގޭމް ވީކް 1 އަށް، 13450 ދިވެހިން އެފްޕީއެލް ޓީމެއް ހަދާފައިވާއިރު، އަންނަން އޮތް ހަފްތާތަކުގައި އިތުރު އެތައް ހާހެއްގެ މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ވޭތުވެދިޔަ ސީޒަނުގައި ދިވެހިރާއްޖޭގެ ލީޑަރބޯޑުގައި 16000 އަށްވުރެ ގިނަ މެނޭޖަރުން ތިބިކަން ފާހަގަކޮށްލެވެއެވެ.

ދިވެހިންގެ މެޗުގައި ވެސް މަގުބޫލު އެފްޕީއެލްގެ އާ ސީޒަން ފަށާއިރު، މުޅިން އަލަށް ފެންޓަސީ ކުޅޭ އެތައް ސަތޭކަ ދިވެހިންނެއް ވެސް ހިމެނެ އެވެ.

ފެންޓަސީ ފުޓްބޯޅައަށް ގިނަ ބަޔަކު ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ  އެކިއެކި ކުންފުނިތަކުން އުފައްދާފައިވާ ލީގުތަކާއި އެ ލީގުތަކުން ލިބޭ އިނާމުތަކެވެ. މި ލީގުތަކުން ގްރޭންޑް ޕްރައިޒްގެ އިތުރުން ދެވަނަ އާއި ތިންވަނައަށްދާ ފަރާތްތަކާއި ކޮންމެ ހަފްތާއަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށް ވެސް އަގުބޮޑު އިނާމުތައް ކަނޑައަޅާފައިވެ އެވެ.

ސިޑިބަރިން ވާނީ ރާއްޖޭގެ އެފްޕީއެލް މެނޭޖަރުން ޖޮއިން ކޮށްލަން ރަނގަޅު، އެންމެ ބޮޑެތި އިނާމު ހުށަހަޅާފައިވާ ރާއްޖޭގެ އެފްޕީއެލް ލީގުތަކެއްގެ ލިސްޓެއް އެކުލަވާލާފައެވެ.

Leave a Comment