ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން މިއަހަރު ބާއްވާ ހަތަރު މުބާރާތުގައި ރާއްޖޭގެ ޓީމްތައް ވާދަކުރާނެ އެވެ.
އިންޑިއާގައި ބާއްވާ 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވާދަކުރާނެ އެވެ. މި މުބާރާތް ތާވަލް ކުރެވިފައި ވަނީ ފެބްރުއަރީ 23-27 އަށެވެ.
މީގެ އިތުރުން އޭޕްރީލް 2-6 އަށް އިންޑިއާގައި ބާއްވާ ސާބާ ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ބައެއް ކްލަބްތައް ބައިވެރިވާނެ އެވެ.
މެއި 7-10 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕާއި ހަމަ މި މުއްދަތުގައި ލަންކާގައި ކުރިއަށް ގެންދާ 16 އަހަރުން ދަށުގެ އަންހެންޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭން ވާދަކުރާނެ އެވެ