ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުން ހަތްވަނަ ފަހަރަށް ރިސޯޓު ލީގުގެ އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކޮންރެޑަކީ ރިސޯޓު ފުޓްސަލްގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ޓީމުތަކުގެ ތެރެއިން ގުނާލެވޭ ޓީމެކެވެ.
ކޮންރެޑް މޯލްޑިވްސް ބަލިވީ ލީގު ބުރުގައި ބާސެލޯ ވޭލް ލެގޫނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ނަމަވެސް ލީގު ބުރު ނިންމާލީ ނުވަ ޕޮއިންޓާ އެކު ލީގު ތާވަލްގެ އެންމެ ކުރީގައި އޮވެ އެވެ.
ލީގު ބުރުގައި ބާސެލޯ ވޭލް ލެގޫނާއި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ ވަނީ ހަތް ޕޮއިންޓު ހޯދައިފަ އެވެ. ވިލަމެންދޫ ނިންމާލީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފަހަތުގައެވެ.
އުތުރު އަރި އަތޮޅުން ބައިވެރިވި ހަމައެކަނި ޓީމު ކަމުގައިވާ, ކުރަމަތި ވެސް ވަނީ އެއް މެޗު ކާމިޔާބުކޮށް އަދި އެއް މެޗު އެއްވަރުކޮށްފައެވެ. ނަމަވެސް މުބާރާތުން ކުރިޔަށް ދިއުމަށް އިތުރު ފުރުޞަތެއް ނުލިބުނެވެ.