އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމުގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރި ހޯދައި ބ. އޭދަފުށި ފުޓްބޯޅަ ކްލަބުން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި ކާމިޔާބަކީ 2019 ވަނަ އަހަރުގެ ފައިނަލުގައި ތ. ތިމަރަފުށި އަތުން ބަލިވި މެޗަށް ފަހު, އޭދަފުއްޓަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ފައިނަލުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އޭދަފުށިންނެވެ. އެއީ އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) ގެ ގޯލުތަކާ އެކުއެވެ.  ނަމަވެސް ގަމުން ކުޅުން ރަނގަޅުކޮށް އަބްދުالله ޖުނައިދު (ޖެންނޭ) ވަނީ އެއްގޯލަށް ފަރަގު ކުޑަކޮށްދީފައެވެ. ފުރަތަމަ ހާފުގައި އޭދަފުށިން ލީޑު ދަމަހައްޓާފައިވަނީ އެންމެ ފައުލެއްވެސް ނުކޮށެވެ.

 

View this post on Instagram

 

A post shared by SIDIBARI (@sidibarimv)

ދެ ވަނަ ހާފުގެ ކުރީކޮޅު އޭދަފުށިން ޖެހި ދެ ލަނޑުގެ އެޑްވާންޓޭޖް އަލުން ހޯދީ ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ. އޭގެ މާގިނަ އިރުތަކެއްނުވަނީސް ގަމަށް އަނެއްކާވެސް ފަރަގު ކުޑަކޮށްދިނީ, ސީދާ ހިލޭ ޖެހުމަކުން އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ލަނޑާއެކުއެވެ. ޑެފިސިޓް ލަނޑަކަށް ކުޑަކުރި ނަމަވެސް, ސެންޓޭ ވަނީ އަނެއްކާވެސް މުހިންމު ލަނޑެއް ޖަހައި, އޭދަފުށީގެ ދެ ލަނޑު އަލުން ދަމަހައްޓައި މުބާރާތުގެ ޗެންޕިއަންކަން ކަށަވަރު ކޮށްދީފައެވެ.

Leave a Comment