ދިވެހިރާއްޖޭގެ ބާސްކެޓްބޯޅައިގެ ދާއިރާގައި، އަމްޒަރުގެ ނަމަށް ލިބިފައިވާ އިޙްތިރާމާއި ތަޢުރީފު ލިބިފައިވަނީ މަދު ބަޔަކަށެވެ. ކޯޓުގައި ވަރުގަދަ ޙާޟިރީއަކާއި، ކޯޓުން ބޭރުގައި ނަމޫނާއެއްގެ ގޮތުގައި، އަމްޒަރުގެ ދަތުރު ލޯކަލް މުބާރާތްތަކުން ފެށިގެން ޤައުމީ ފެންވަރުގެ ތަރިއަކަށް ވުމަކީ އޭނާގެ މަސައްކަތްތެރިކަމާއި، ވަރުގަދަ އަޒުމާއި، އަދި ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ހުނަރުގެ ހެއްކެކެވެ.
2019 ގައި މި ދާއިރާއަށް ނުކުތް ފަހުން، އަމްޒަރު ވަނީ ލޯކަލް މުބާރާތްތަކުގައި ވަރުގަދަ ބާރަކަށްވެ، އެމްވީޕީ ފެންވަރުގެ ޕަފޯމަންސްތައް ދައްކުވައިދީފައެވެ. މިކަމުން ދައްކުވައިދެނީ އޭނާގެ ހުނަރުވެރިކަމާއި ކާމިޔާބު ހޯދުމަށް އޮންނަ ނުގުޑާ ފަފަ އަޒުމެވެ. 2024 ގެ ނެޝަނަލް ބާސްކެޓްބޯލް ޓޯނަމަންޓްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުނު ނަމަވެސް، މި އަހަރުގެ އެންބީއެލްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ބޮޑު ތަފާތަކުން ކާމިޔާބުކުރުމުން ދައްކުވައިދެނީ ކޯޓުގައި އޭނާގެ ނުފޫޒު ކުޑައެއް ނޫންކަމެވެ.
އަމްޒަރުގެ މަސައްކަތްތެރިކަމަކީ މެޗް ބަލަމުން ދާއިރު ލޮލުގައި އަޅައިނުގަނެ ނުދާނެ އެއްޗެކެވެ. އަޒުމާއި ކެތްތެރިކަމުން ޙާޞިލުކުރެވިދާނެ ކަންތައްތަކުގެ ފެހި ނަމޫނާއެކެވެ. ޖިމްގައި އޭނާގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމުގައި ވިޔަސް، ނުވަތަ މެޗުގައި އެންމެ ފަހު ވަގުތާ ހަމައަށް ކުޅުމުގައި ވިޔަސް، އަމްޒަރުގެ ފުރިހަމަކަމަކީ އަޅާ ނުކިޔޭނެ ވަރުގެ އެއްޗެކެވެ. އޭނާގެ ވަރުގަދަ ޑިފެންސިވް ހުނަރާއި ފާހަގަކޮށްލެވޭ އޮފެންސިވް ހުނަރުވުނަރުވެރިކަމުން އޭނާވަނީ ކޯޓުގެ ދެކޮޅުގައިވެސް ބިރުވެރި ބާރަކަށް ވެފައެވެ.
ޤައުމީ ބާސްކެޓުބޯޅަ ލީގުގައި މެޗަކަށް އެވްރެޖްކޮށް 19.8 ޕޮއިންޓް، 13 ރިބައުންޑް، އަދި 4.9 އެސިސްޓް ހޯދައިގެން، އަމްޒަރުގެ ތަފާސްހިސާބުތަކުގެ ވަރުގަދަކަމުން ދައްކުވައިދެނީ ކޯޓުމަތީގައި އޭނާގެ ނުފޫޒު އޮތްވަރެވެ. އެންމެ ގިނަ ޕޮއިންޓް އަދި ރިބައުންޑް އެވްރެޖްކޮށް ހޯދައިގެން، އޭނާގެ ޓީމަށް އެންމެ ބޭނުންވާ ވަގުތުތަކުގައި އެންމެ މުހިންމު ކުޅުން ވަނީ ދައްކުވައިދީފައެވެ.
މީގެ އިތުރުން، އަމްޒަރުގެ ބާސްކެޓްބޯޅަ އައިކިއުއިން އޭނާ ފާހަގަކޮށްލެވެނީ މި ކުޅިވަރުގެ މާހިރެއްގެ ގޮތުގައެވެ. މެޗް ހިނގަމުން ދާއިރު މެޗުގެ އޮއެވަރު ދެނެގަނެ، ސިކުންތުކޮޅެއްގެ ތެރޭގައި ނިންމުންތައް ނިންމުމާއި، އަދި ކުޅުންތައް ރޭވުމުގެ ޤާބިލުކަމަކީ މި ކުޅިވަރުގައި އޭނާއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ. ކިންގްސް ބާސްކެޓްބޯލް ޓީމުގެ މައި ބާރުގެ ގޮތުގައި، އަމްޒަރުގެ ލީޑަރޝިޕާއި ހުނަރުވެރިކަމުން ޓީމު ގިނަ ކާމިޔާބީތަކާއި ހިސާބަށް ވަނީ ގެންގޮސްދީފައެވެ.
އަމްޒަރު ވަނީ ވިދިވިދިގެން ދެ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ހާސިލްކޮއްފައެވެ. އަމްޒަރު ބާސްކެޓްބޯޅައިގެ ތާރީޚުގައި އޭނާގެ ނަން ލިޔަމުންދާއިރު އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ހުރި ނަމޫނާއެކެވެ.